-Advertisement-

-Advertisement-

މިދިޔަ މަހު ހުޅުމާލެ ފަރަށް އެރި ޓަގު ބޯޓު އަދިވެސް ފުން ނުކުރެވޭ: އީޕީއޭ

ހުޅުމާލެ ފަރަށް ހިލަ ބާޖަކާއި ޓަގު ބޯޓެއް އެރި ދުވަހުގެ ފޮޓޯއެއް.

މިދިޔަ މަހު ހުޅުމާލެ ފަރަށް އެރި ޓަގު ބޯޓު އަދިވެސް ފުން ނުކުރެވޭކަމަށް އީޕީއޭއިން ބުނެފިއެވެ.

ހިލަ ބަރުކޮށްގެން ދިޔަ ބާޖަކާއި ޓަގު ބޯޓެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތު ފަރު މައްޗަށް އެރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބާޖު ފުން ކުރެވުނު ނަމަވެސް ޓަގުބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށެވެ.

“އެ ބޯޓުގެ މީހުން އުޅޭ އެ ފުން ކުރެވޭތޯ. މިހާރު އޮތީ ބޯޓު ވެސް ބަންޑުން ޖަހާލާފައި. ކިހާ ދުވަހެއް ނަގާނެ ކަމެއް ނޭނގެ އެ ފުންކުރަން،” ނައީމް

އެ ބޯޓު ފުން ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވާއިރު ފުން ނުކުރެވި ފަރަށް ގެއްލުން ލިބެމުންދާތީ އާންމު ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ހާދިސާއާއި ގުޅިގެން އެ ކުންފުނި ވަނީ 200،000 އެއްހާ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ފަރުތަކަށް މިފަދަ ބޯޓުތައް އެރުމަކީ ފަހަކަށް އައިސް ވަރަށް ގިނައިން ދިމާވާ ހާދިސާއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-