-Advertisement-

-Advertisement-

ތަފާތު ތިން ގައުމެއްގެ ތިން ސިޓީއަކަށް ހާއްސަކުރެވިފައިވާ އެއާޕޯޓު ފްރާންސްގައި

ފްރާންސްގެ މުލޫޒްގައިވާ ޔޫރޯއެއަރޕޯޓަށް ޖެއްސުމަށް މަތިންދާބޯޓެއް ތިރިކުރަނީ.

ތަފާތު ތިން ގައުމެއްގެ ތިން ސިޓީއަކަށް ހާއްސަކުރެވިފައިވާ އެއާޕޯޓު ފްރާންސްގައި ހުރެއެވެ. އެ ތިން ގައުމަކީ ފްރާންސާއި ޖަރުމަނީ އަދި ސުވިޒަރލެންޑް އެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނޯންނަ ކަހަލަ ބައިނަލްއަގުވާމީ އެއާޕޯޓެކެވެ.

މި އެއާޕޯޓު ވަނީ ފްރާންސާއި ޖަރުމަނީ އަދި ސުވިޒަރލެންޑްގެ ސަރަހައްދީ އިމުގައި އޮންނަ ފްރާންސްގެ ސިޓީ މުލޫޒްގެ ރަށްބޭރުގައެވެ. މި އެއަރޕޯޓާއި ސުވިޒަރލެންޑުގެ ބާސެލްއާ ދޭތެރޭގެ ދުރުމިނަކީ 36 ކިލޯމީޓަރެވެ. އަދި ޖަރުމަނީގެ ފްރައިބާގާ ދޭތެރޭގައިވާ ދުރުމިނަކީ 59 ކިލޯމީޓަރެވެ.

މުލޫޒް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފްރާންސުންނެވެ. އެއީ މި އެއަރޕޯޓް އޮންނަނީ ފްރާންސްގައި ކަމަށްވާތީއެވެ. ސުވިޒަރލެންޑާއި ޖަރުމަންވިލާތުން އެކަމުގެ ތެރެއަކަށް ނުވަދުން ނަމަވެސް އެ ދެގައުމުގެ އިމިގްރޭޝަނާއި ކަސްޓަމްސް އޮފިސަރުން މިތަނުގައި ހަރަކާތްތެރިވެއެވެ.

އެއާޕޯޓަށް އައިސްގޮސްވާ އުޅަނދުތައް މަޑުކުރަނީ ކޮންމެ ގައުމަކަށްވެސް ހާއްސަކޮށްފައިވާ ވަކި އޭރިޔާއެއްގައެވެ. އެހެންކަމުން ދަތުރުވެރިންނަށް އޮޅިގެން ނުބައި ގައުމަކަށް ދެވުމުގެ ފުރުސަތެއް ނޯވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-