-Advertisement-

-Advertisement-

އައްޑޫގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫ

އައްޑޫގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓަލަޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިތަދޫ އަދި މަރަދޫގައި ހިންގި އޮޕަރޭޝަންގައި މި ފަރާތްތަށް ހައްޔަރު ކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ އެންމެންގެ ބަންދަށްވެސް 14 ދުވަސް ޖަހާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ފިރިހަނަކާ، އިންޑިއާ ފިރިހަނެއްގެ އިތުރުން ތައިލޭންޑުގެ 2 އަންހެނުން އަދި މިޔަންމާގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް 8 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންނާއި ދިވެހި ފިރިހެންމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް ވަނީ 4 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-