-Advertisement-

-Advertisement-

ރޯދަމަހަށް ގޭބީސީތަކަށް ސަރުކާރުން ދޫކުރާ ހަނޑުލާ ފުށް ދޫކުރަން ފަށައިފި

ގަލޮޅު ދަނޑުގައި އާންމުންނަށް ހަނޑުލާއި ފުށް ދޫކުރަނީ / ފޮޓޯ: އެސްޓީއޯ

ރޯދަމަހަށް ގޭބީސީތަކަށް ސަރުކާރުން ދޫކުރާ ހަނޑުލާ ފުށް ދޫކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ރޯދަމަހަށް ހާއްސަ ކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އެގޮތުން ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު ހަނޑުލާއި ފުށް ބަސްތާ ބެހުމަށް ނިންމާފައިވާ އިރު، ރޭގަނދު 8:30 އިން 11:00 އާ ދެމެދު ވެސް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި އެސްޓީއޯ ގުޅިގެންނެވެ. އެކަމަށް ހާއްސަކޮށް މާލެ ސަރަހައްދުގައި ވަނީ ހަ ސަރަހައްދެއްގައި ސްޓޭޝަންތަކެއް ގާއިމުކޮށްފައެވެ.

އެސްޓީއޯއިން ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-