-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން އަސްކަރީ ޑްރޯން ގެނެއްސި

ތުރުކީ އިންގެނައި އަސްކަރީ ޑްރޯން މާފަރުގައި – ފޮޓޯ: މިހާރު ނިއުސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީއިން ގެނައި ޑްރޯންތަކުގެ މަސައްކަތްތަކަށް ނ. މާފަރު އެއާޕޯޓުގައި ހުންނަ ހޭންގަރު އެމްއެންޑީއެފާ ހަވާލުކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދިނަމަވެސް އެކަމު ގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްއެންޑީއެފަށް މާފަރުގައި ހުންނަ ހޭންގަރު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މާފަރު އެއާޕޯޓުގެ ހިންގުން ސަރުކާރުން ހަވާލުކޮށްފައި އޮންނަނީ އައިލެންޑް އޭވިއޭޝަން ކުންފުންޏާއެވެ.

ނަމަވެސް، އެ ކުންފުނިން އަދި ކުންފުންޏަށް އެއާޕޯޓު ހިންގުން ހަވާލުކުރި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާތަނަށް މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ އިގުތިސާދު ފުޅާ ކުރެވެން އޮތް ބިޔަ ބޮޑު ސަރަހައްދެއް އެއީ. އެއީ އަޅުގަނޑުމެންގެ ގައުމުގެ ބައެއް. މިއަދާ ހަމައަށް ކަނޑުގެ ބޮޑު ބައި ނުބެލެހެއްޓޭ. އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުންސުރެ އޮތް ވަރު. އެހެންވީމަ މި ބޮޑު ސަރަަހައްދަށް އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް،” ރައީސް

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-