-Advertisement-

-Advertisement-

ގްރީންލޭންޑާއި އައިސްލެންޑުގައި ރޯދައަށް ހުންނަން ޖެހޭ ވަގުތު ދިގު، 17 ގަޑީރު ރޯދައަށް!

ރޯދަ ވީއްލަނީ --

މިފަހަރު އެންމެ ގިނަ އިރު ރޯދަ ހިފަން ޖެހެނީ ގްރީންލޭންޑާއި އައިސްލޭންޑް މީހުންނަށް ކަމަށް ހިސާބުތަކުން ދައްކާއިރު، ރީން ލޭންޑުގެ ނޫކް ސިޓީ މީހުން 16 ގަޑިއިރު ރޯދައަށް ތިބެން ޖެހޭނެއެވެ. އައިސްލޭންޑްގެ ރޭކްޖަވިކް ސިޓީ މީހުން ވެސް 16 ގަޑިއިރު ރޯދައަށް ތިބެން ޖެހޭނެއެވެ.

އަދި ގްރީން ލޭންޑު މީހުން ޖުމްލަ 17 ގަޑިއިރާއި 52 މިނެޓު ރޯދައަށް ތިބެން ޖެހެއެވެ. ގްރީންލޭންޑް މީހުން ރޯދަމަހުގެ ފަހު ދުވަހު ހާރުކާންޖެހޭ އެންމެ ފަހު ވަގުތަކީ ފަތިހު 03:20 އެވެ. އަދި ރޯދަ ވީއްލާ ގަޑިއަކީ ރޭގަނޑު 08:45 އެވެ. ޖުމްލަ 17 ގަޑިއިރާއި 25 މިނެޓުގެ ދިގު ރޯދައެކެވެ.

ގަޑީގެ ތަފާތު އެކި ގައުމުތަކަށް ހުންނަ ގޮތާއި ދުނިޔޭގައި އިރުގެ ދައުރުވުން ހުންނަ ގޮތަށް ބަލާނަމަ އިރު އެރުމާއި އިރު އޮއްސުމުގައި އެކި ގައުމުތަކަށް އިރުގެ ވަގުތު ތަފާތުވެއެވެ. މިތަފާތުތަކަށް ބަލާނަމަ 12 ގަޑިއިރާއި 17 ގަޑިއިރާއި ދެމެދުގެ ދުވާލުގެ ދިގުމިން އެކި ގައުމުތަކުގައި ހުރެއެވެ.

އެގޮތުން އެންމެ ކުރު ވަގުތަކަށް މިއަހަރު ރޯދަ ހިފާނީ ނިއުޒިލެންޑުގެ ކްރިސްޗާޗްގެ މީހުންނެވެ. އެގައުމުގައި ދުވާލު ވަގުތަކީ 12 ގަޑިއިރާއި 42 މިނެޓެވެ. ދިވެހިރާއްޖޭގެ މީހުން ރޯދަ ހިފާނީ އެވްރެޖްކޮށް 13 ގަޑިއިރުގެ ދިގުމިނަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-