-Advertisement-

-Advertisement-

އެމްޑީޕީ ބޭނުންވީ، މި އަހަރު ފެށުމުގެ ކުރިން މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން: ޓޮމް

ފޮޓޯ؛ އެޑިޝަން އެމްވީ

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ބޭނުންވީ، 2024 ވަނަ އަހަރު ފެށުމުގެ ކުރިން މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަންކަމަށާއި އެ މަޝްވަރާތަކުގައި އިތުރު ބައެއްގެ ބައިވެރިވުން ހިމެނޭކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ދާއިރާ ކެމްޕެއިން ލޯންޗު ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޠާރިގް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އުފެދި މިވީ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ދުވަސްތައް ހޭދަކުރަން ޖެހުނީ ވަރަށް ނާޒުކު ގޮތަކަށް ކަމަށެވެ.

ސަރުކާރު ރަނގަޅު ގޮތުގައި ހިންގައި، ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހަށް ސަރުކާރު ކެންޑިޑޭޓު ހޮވައިދޭން ޖެހޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިފަހަރު ސަރުކާރަށް ނުލިބެއްޖެނަމަ ވެދާނެ ގޮތްތައް، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސާފުކޮށް ފެންނަން އޮތް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

މީގެ އިތުރުން ޠާރިޤް ވިދާޅުވީ، އެމްޑީޕީއަށް ލިބިފައި އޮތް މަޖިލީހުގެ ބޮޑު މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، ޖެއްސުންކޮށް އުނދަގޫ ކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރިކަމަށާއި، އެކަމުގެ ފަހަތުގައި އެހެން ބަޔަކު ވެސް ތިބި ކަމަށެވެ. އެހެންނަމަވެސް، އޭގެ ތަފްސީލަށް ދާން ބޭނުން ނުވާކަމަށާއި، ސަރުކާރު ގުޑުވާލައި ވައްޓާލުމަށް އެމްޑީޕީގެ ތެރޭގައި މަޝްވަރާތައް ފެށުނީ ނޮވެމްބަރު މަހުގެ ފަހުކޮޅުކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސް، ޖުމްލަ މެމްބަރުން ގުނުމުގައި 80 އަށް ބަދަލު ކުރުން ހިމެނޭކަމަށް ތޯރިގް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ، މިހުރިހާ މަސައްކަތެއް ފަށައި މަހެއް ނުވަނީސް، ހުރިހާކަމެއް ކުރިޔަށް ގެންދިޔައީ ބާރު ސްޕީޑެއްގައިކަމަށާއި އެމްޑީޕީން ބޭނުންވީ ސަރުކާރު މަޖިލިސް ތެރެއިން ވައްޓާލަންކަމަށާއި، އެމްޑީޕީ ބޭނުންވީ، އަހަރު ފެށުމުގެ ކުރިން ސަރުކާރު ވައްޓާލަންކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް ނާކާމިޔާބު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-