-Advertisement-

-Advertisement-

އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް އެމްޓީސީސީއިން ދެނީ

އެމްޓީސީސީ އިން ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް އެމްޓީސީސީއިން ދިނުމަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލެ ފެރީ ޓާމިނަލްގެ ބަސް ޕާކިން ސަރަހައްދުގައި އެމްޓީސީސީއިން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދު ވިދާޅުވީ 08 މާރިޗް 2024 އިން ފެށިގެން އެޗްއާރުން ކަނޑައަޅާ ޚާއްސަ އުސޫލުތަކެއްގެ ތެރެއިން އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔާތްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުންމާބަނޑު އަންހެން މުވައްޒަފުން އަދި 1 އަހަރު ނުފުރޭ ދަރިންގެ މައިންނަށް ‘ ފްލެކްސިބަލް ވާރކް އެރޭންޖްމަންޓް’
ހަމަޖެހިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މާބަނޑު އަންހެން މުވައްޒަފުންނާއި 2 އަހަރު ނުފުރޭ ދަރިންގެ މައިންނަށް 3 ގަޑިއިރުގެ ބްރޭކެއް ހަމަޖެހިގެން ދާނެކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 8 ވަނަ ދުވަހު އަންހެނުންގެ ދުވަސް އެ ކުންފުނިން ވެސް ފާހަގަ ކުރާ އެންމެބޮޑު އެއް ސަބަބަކީ އެކި އެކި މައިދާންތަކުގައި ފިރިހެނުންނާއި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ވެސް ހޯދައިދިނުންކަމުގައި ޒިޔާދު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-