-Advertisement-

-Advertisement-

ފުވައްމުލަކުގެ ބަނދަރުގައި ސަފާރީ ބާއްވާ ވަގުތަށް ބަލައިގެން ފީ ނަގަން ނިންމައިފި

ފޮޓޯ؛ ސަން އޮންލައިން

ފުވައްމުލައް ސިޓީގެ ބަނދަރުގައި ސަފާރީ ބާއްވާ ވަގުތަށް ބަލައިގެން ފީ ނަގަން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީގެ ބަނދަރުގައި ބާއްވާ ސަފާރީތަކުން ނަގަމުން އަންނަ ފީއަށް ބަދަލުގެނެސްފައިވަނީ މިއަހަރު އެ ސިޓީ ކައުން ބޭއްވި 11 ވަނަ އާންމު ޖަލްސާގައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެބަދަލު ތަކަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

ފުވައްމުލައް ސިޓީގައި ބާއްވާ ސަފާރީތަކުން މިހާރު ނަގަމުންދާ ފީ އަކީ 500 އެމެރިކާ ޑޮލަރެވެ. ނަމަވެސް މިހާރު ގެނައި ބަދަލުތަކަށްފަހު އެއަށްވުރެ ކުޑަ އަގެއްގައި އެ ސިޓީ ބަނދަރުގައި ސަފާރީތައް ބޭއްވޭނެއެވެ.

ސަފާރީތަކުން ފީ ނަގާނެގޮތް

  • 0 – 6 ގަޑީރަށް ބާއްވާނަމަ: 150 ޑޮލަރު
  • 6 – 12 ގަޑީރަށް ބާއްވާނަމަ: 300 ޑޮލަރު
  • 12 – 24 ގަޑީރަށް ބާއްވާނަމަ: 500 ޑޮލަރު

ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ފުވައްމުލަކު ސިޓީއަށް ވަންނަ ސަފާރީތަކުން ނަގާ ފީ މީގެ ކުރިން ބޮޑުކޮށްފައިވަނީ، 2022 ވަނަ އަހަރުއެވެ. އެގޮތުން، އެ އަހަރު ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމުގެ ކުރިން ނަގަމުން ގެންދިޔައީ، 50 ޑޮލަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-