-Advertisement-

-Advertisement-

ވަގުތީ ބަދަރެއް އަޅާ ޣައްޒާއަށް އިތުރު އެހީ ފޯރުކޮއްދޭނަން: ބައިޑެން

ސްޓޭޓް އޮފް ޔޫނިއަން ގައި ބައިޑަން ތަގުރީރު ކުރައްވަނީ – ފޮޓޯ: އެންއާރޕީ

ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަދަރެއް އަޅާ އިންސާނީ އެހީ ފޯރުކޮއްދޭ އެމެރިކާގެ ސިފައިންނަށް އަނގާނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޖޯ ބައިޑަން މިހެން ވިދާޅުވީ ރޭ އެމުރިކާގެ ގާނޫން ހަދާ މަޖިލީހުގައި ތަގްރީރު ކުރައްވަމުނެވެ. ކޮންމެ އަހަރުވެސް އެމެރިކާގެ ރައީސް ދެއްވާ ރިޔާސީ ބަޔާން ނުވަތަ ”ސްޓޭޓް އޮފް ޔޫނިއަން“ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ މި ހަނގުރާމާގައި ކުށެއްނެތް މީހުން ވޭތުވެދިޔަތާގައި ޣައްޒާގެ ކޮއްފައިވާ ހުރިހާ ހަނގުރާމާގައި މަރުވި މީހުންނަށްވިރެ އެތައްގުނައެއް އިތުރު ކަމަށެވެ. 30000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެއްޖެކަމަށެވެ. އޭގެ ތެރެއިން ވެސް ގިނަ މީހުންނަކީ ހަމާސްއާއި ގުޅުމެއް ނެތް އާންމުން ކަމަށެވެ. އެތައް އަންހެނުނަކާއި ކުޑަކުދިންނެއް މަރުވެއްޖެކަމަށެވެ. އެތައް ބަޔަކު ޔަތީމު ވެއްޖެކަމަށެވެ. ގާތްގަނޑަކަށް 2 މިލައަން މީހުންގެ ގެތައް ހަލާކުވެއްޖެ ކަމަށެވެ. އާއިލާތައް ކާބޯތަކެއްޗައްޖެހި, ބޭސް ލިބެން ދަތިވެފައިވާ ކަމެވެ. މިއީ ވަރަށް ހިތްދަތި މަންޒަރް ކަމަށެވެ.

މިރޭ އަހަރެން މި އޯޑަރ ކުރަނީ އެމެރިކާގެ ސަފައިންނަށް, އެމަޖެސްސީ މިޝަންއަކަށް. މެޑިޓެރޭނިއަން ކަނޑުގެ ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަދަރެއް އަޅީ އިންސާނީ އެހީ ފޯރުކޮއްދޭން”

ވަގުތީ ބަދަރެއް ހަދައި އިންސާނީ އެހީ ފޯރުކޮށްދިން ކަމުގައިވިޔަސް އެމެރިކާގެ ސިފައިން ޣައްޒާގެ ބިމުގައި ނުތިބޭނެކަމަށްވެސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައިއެވެ.

” ވަގުތީ ބަދަރުގެ ސަބަބުން ޣައްޒާއަށް ވަންނަ އިންސާނީ އެހީ އެތައް ގުނައެއް އިތުރުވެގެންދާނެ” ބައިޑަން

މީގެ އިތުރުން ބައިޑެން ވިދާޅުވީ އިސްރާއީލުން އެމީހުންގެ މައްސޫލިއްޔަތު ވެސް އަދާ ކުރަންޖެހޭނަކަމަށެވެ. އިސްރާއީލުން ޣައްޒާއަށް އިތުރު އެހީ ވެއްދުމުގެ ހުއްދަ ދީ އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.

ސްޓޭޓް އޮފް ޔޫނިއަންގެ ތަގުރީރުގައި އިސްރާއިލްގެ ސަރުކާރަށް ބައިޑަން ބުނެފައިވަނީ އިންސާނީއެހީ ފޯރުކޮއްދިނުމަކީ އެންމެ މުހިންމު ކަން ކަމަށާއި އެކަމަކީ ޝަރުތުތަކަކާއި އެކު އެކަނި ކޮއްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައިއެވެ. އެންމެ މުހިންމު ކަމަކީ ކުށެއްނެތް ފުރާނަތައް ސަލާމަތް ކުރުން ކަމެވެ.

ފަލަސްތީނާއި އިސްރާއީލްގެ ވާހަކަ ނިންމާލަމުން ބައިޑަން ބުނެފައިވަނީ ކުރިޔަށް އޮތްތާގައިވެސް ދާއިމީ ހައްލެއްކަމުގައި އޮތީ މިނިވަން ދެ ދައުލަތެއް ހެދުން ކަމުގައިއެވެ.

ޖޯ ބައިޑަން ޣައްޒާ ހަމްދަރުދީ މާ ބޮޑަށް ވާހަކަ ދައްކަމުންދަނީ އޭނާގެ މަގުބޫލުކަން އެމެރިކާގައި ދައްވަމުންދިއުމާއި އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބައް މެދުއިރުމަތީގައި ކުރިޔަށްމިދާ ހަނގުރާމައިގެ އަސަރު ކުރާނެތީ ކަމުގައި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާ އަކީ އެންމެ ބޮޑު އެހީ އެއް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އިސްރާއީލަށްވަމުންދާ އެއްގައުމުވެ. 2023 ވަނަ އަހަރު އެކަނިވެސް 3.8 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީ އެމެރިކާއިން ވަނީ އަސްރާއީލަށް ފޮނުވައިފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-