-Advertisement-

-Advertisement-

އެމް.އޭ.ސީ.އެލް އިން ހުޅުލެ ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން “ސަޅި ހުޅުލެ” ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

ހުޅުލެ ސާފުކުރުމަށް އެމް.އޭ.ސީ.އެލް އިން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއް ކަމަށާއި، އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުންކަމަށްކަމަށެވެ.

މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއި މޯލްޑިވް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ވެސް ވަނީ ބައިވެރިވެފައެވެ.

ހުޅުލޭގެ މައިގަނޑު 9 ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ.

ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ސާފުކޮށް ބޭއްވުމަށް އެމް.އޭ.ސީ.އެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-