-Advertisement-

-Advertisement-

‎ބަޖެޓުގައި ފައިސާ ނެތީ މުސާރައަށް ބޮޑު ހޭދައެއް ކުރާތީ: ސޯލިހު

ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތިގެން އުޅޭ ސަބަބަކީ މި ސަރުކާރުން މުސާރައަށް ބޮޑު ހޭދައެއް ކުރާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރުރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މިލަންދޫ ދާއިރާއަށް ވާދަކުރައްވާ އަލީ ރިޒާގެކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަހު މި ސަރުކާރުން މުސާރައަށް ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އާއި 300 މިލިއަން ރުފިޔާއާ ދެމެދުގެއަދަދެއް އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ނިމުނުއިރުގައި ހަރަދުކޮށްފައިވާނީ 1.9 ބިލިއަން ރުފިޔާ  ނަމަވެސްމިއަހަރުގެ މި ސަރުކާރުގެ ފުރަތަމަ ދެ މަސް ނިމުނުއިރު 2.1 ބިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހަރަދުކޮށްފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-