-Advertisement-

-Advertisement-

ދޮންއަދަރާދަ މަގު ހުޅުވާލައިފި

ފޮޓޯ؛ އަބްދުﷲ އިޔާން- ނިއުސްލެބް

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުން ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯގެ ބިމާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެ މަގަށްވާ ގޮތަށް އިންޖީނުގެއެއް ހަދާފައިވަނީ 2010 ގަ އެވެ. އެ މަގުގައި އޭރުހުރީ މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ބަހައްޓާފައި ހުރި އިތުރު ޖަނަރޭޓަރެކެވެ. އެ ޖަނަރޭޓަރު މިފަހުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.

ގާތްގަނޑަކަށް 14 އަހަރު ބޭނުންނުކޮށް އޮތް އެ މަގު، ރޭ  އާންމުންނަށް ހުޅުވާލާފައިވާއިރު އެ މަގު ހުޅުއްވައިދެއްވީ އެކަމަށް ރޭ އެ މަގުގައި ބޭއްވި ހާއްސަރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.

މަގު ހުޅުވާލިއިރު މަގުގެ އެއް ފަރާތުގައި ބޯގަންވިލާ ގަސް އިންދާފައި ހުރިއިރު ލައިޓު ޖަހައި ގާ ވެސް ހުރީ އަތުރައިފަ އެވެ. އެތަން ހެދުމަށް ސްޓެލްކޯގެ ބަޖެޓުންބޮޑު ހޭދައެއް ވަނީ ކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-