-Advertisement-

-Advertisement-

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނީގެ ކަރްންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެންދާނެ އެވެ.

އެގޮތުން މާލޭގެ ގަލޮޅުގެ މަޖީދީމަގާއި، ދަނބުރުމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން ހަވީރު 17:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލެ، ޗަނބޭލީ މަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 15:00 ކަރަންޓު މެދުކެނޑޭނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

އެފަރާތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-