-Advertisement-

-Advertisement-

ބީއެމްއެލްއާ ދެކޮޅަށް ޔާމީން ކުރި ދައުވާ ހައިކޯޓަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުން ހުޅުވާފައި އޮތް އެސްކްރޯ އެކައުންޓުގެ މުއްދަތު ހަމަވުމުން އެ އެކައުންޓުގައި ހުރި ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ބީއެމްއެލް އިން ޖަމާކޮށްފައި ނުވާތީ އެ ފައިސާ ހޯދުމަށް ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ބީއެމްއެލް އިން ހައިކޯޓުގައި ދައުވާކޮށްފި އެވެ.

ހައިކޯޓަށް މިދިޔަ ބުދަ ދުވަހު ބީއެމްއެލް އިން މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ކޯޓުގައި އަދި މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ބީއެމްއެލް އިން ހިފަހައްޓާފައިވަނީ އެމަނިކުފާނާއި އޭސީސީއާ ދެމެދު ހަދާފައި އޮތް އެއްބަސްވުމާ ހިލާފަށް ކަމަަށާއި،  އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރުމަށާއި އަދި އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދަށް ބީއެމްއެލް އިން ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށެވެ.
ސިވިލް ކޯޓުގައި ބީއެމްއެލް އިން މިހުށަހެޅުމާ ދެކޮޅު ހަދައި، އެ ބޭންކަކީ ޔާމީންގެ މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތަށް މައްސަލައިގެ ބައިވެރިއެއް ނޫން ކަމަށާއި ދައުވާ ރައްދު ވާނީ ހަމައެކަނި އޭސީސީއަށް ކަމަށް ބުނެފައިވެއެވެ.
ސިވިލް ކޯޓުން ވަނީ ދައުވާ އިން ބޭރުވުމަށް ބީއެމްއެލް އިން ނެގި އިއުތިރާޒާއި މިމައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބީއެމްއެލް އިން ބުނުމުން އެ ބޭންކްގެ އިއުތިރާޒާއި ބުނުން ބަލައިނުގަތުމަށް މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހު ނިންމާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-