-Advertisement-

-Advertisement-

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

ފޮޓޯ؛ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 ވެހިކަލް ނައްތާލައިފި އެވެ.

މިގޮތަށް ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މިނިސްޓްރީންގެ ފަރާތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ “ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް” ގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެގެން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކާރުތައް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ވެހިކަލްތަކެވެ.

މި ޕްރޮގްރާމަކީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީ ،  ސިޓީ ކައުންސިލް ، އެޗްޑީސީ ، ވެމްކޯ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ބޮޑުވެ، ޝަކުވާ އިތުރުވެ މިހާރު އަންނަނީ ވެހިކަލްތައް ޓޯކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-