-Advertisement-

-Advertisement-

‎ރޯދަ މަހަށް ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ އެބަ މަސައްކަތްކުރަން: ރައީސް

ރައީސް ޑރ. މުއިއްޒު

ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީރައީސްގެ ޖަވާބުޕްރޮގްރާމްގަައި މީހަކު މިކަމަށް އެދިފައިވާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި.

ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތްމިހާރު ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތްގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-