-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގައި ރީ-ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ މެމްބަރުން /ފޮޓޯ؛ މަޖިލިސް

މަޖިލިސް އިންތިހާބުގައި ރީ-ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު މެންދުރު 2:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ 3:00 ނިޔަލަށް ރީރެޖިސްޓްރޭޓުވުމުގެ ފުރުސަތު އިލްކެޝަނުން ވަނީ ހުޅުވާލައިފައިވާއިރު، ރެޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން އެދޭ މީހުން ދުރާލައި އަވަހަށް ރީރެޖިސްޓްރީ ކުރުމަށް އިލެކްޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރޯދަމަހު އިންތިޚާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ތަސްދީގުކުރެއްވުމާ އެކު، ކުރިން މި މަހު 17 ގައި ބާއްވަން އޮތް އިންތިޚާބު ފަސްކުރަންޖެހުނީއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ މަހު 21ގައި އިންތިީޚާބު ބާއްވާށެވެ. އެއީ، އާދިއްތަ ދުވަހެކެވެ.

އީސީން މީގެ ކުރިން ބުނީ މި އަހަރުގެ މަޖިލިސް އިންތިޚާބަށް ރީރެޖިސްޓާ ވެވޭނީ އޮންލައިންކޮށް ކަމަށެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާ ގުޅިގެން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން ވެސް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން އިތުރު 30 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ސިނާއީ ސަރަހައްދުގައި އިތުރު އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި އިތުރު 4 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-