ދައުލަތުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުލައި ހޮވައިފިއެވެ.
މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެން ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައިވަނީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ލިސްޓުގައި ހިމެނުނީ 1444 ވަނަ އަހަރު މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުގައި ތިބި 982 މީހުންގެ ތެރެއިން 50 އަހަރާއި 69 އަހަރާ ދެމެދުގެ, ފަރުޟު ހައްޖުވެފައިނުވާ 667 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ގުރުއަތުލުން ނަގާފައިވަނީ އެންމެންނަށް ފެންނަ ގޮތަށް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލެއްގެ ތެރެއިން ލިސްޓުގައި ތިބި 667 މީހުންގެ އައިޑީކާޑު ނަންބަރު ބޭނުންކޮށްގެންނެވެ.
ހައްޖަށް ދިޔުމަށް ގުރުއަތުން ހޮވުނު 50 މީހުންނަކީ:
- A067530
- A006510
- A003619
- A003034
- A069832
- A082564
- A118905
- A071155
- A052430
- A027310
- A105838
- A125955
- A156345
- A008158
- A278483
- A060702
- A139798
- A271712
- A283949
- A118916
- A292833
- A116656
- A289336
- A117020
- A119161
- A081275
- A117424
- A009872
- A082897
- A001962
- A137319
- A347391
- A066020
- A008183
- A258600
- A134554
- A312825
- A254778
- A047491
- A201749
- A099105
- A015607
- A006628
- A007529
- A041525
- A006900
- A004951
- A110356
- A265765
- A013779 އެވެ.
އެއްވެސް ސަބަބެއް މެދުވެރިވެގެން ހައްޖުގައި ބައިވެރިނުވެވޭ ހާލަތެއް މީހަކަށް ދިމާވެދާނެތީ އިތުރު މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން 50 މީހުންގެ އިތުރުން 10 މީހުން ވަނީ ގުރުއަތުން ނަގައިފައެވެ.
މިނިސްޓްރީއިން ބުނީ އެ 50 މީހުންގެ ތެރެއިން މީހަކަށް ހައްޖުގައި ބައިވެރިނުވެވޭ ނަމަ، އެ ފުރުސަތު ދޭނީ ގުރުއަތުން ހޮވި އިތުރު 10 މީހުންގެ ލިސްޓު ތަރުތީބުން ކަމަށެވެ.
އިތުރަށް ހޮވުނު 10 މީހުންނަކީ:
- A021372
- A001589
- A005593
- A301106
- A097043
- A097030
- A018275
- A080266
- A137322
- A038697 އެވެ.
މި ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.