3000ށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފައުޅުކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރުދުވަހުގެ ރޭ 8.30ގައި ރެހެންދި ސުކޫލު ގޯތިތެރޭގައެވެ. މި ރަސްމިއްޔާތުގައި ނަތީޖާ ފާޅުކޮށްފައިވަނީ:
- އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތް
- އައްޝައިހް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތް
- ހުތްއަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ ގައުމީ މުބާރާތް
- އަލްއުސްތާޒް އިބްރާހީމް ޝިހާބްގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް
- ކޮލެޖު، ޔުނިވަރުސިޓީ، އޮފީސް ކުލަބު ޖަމިއްޔާ ޖަމާއަތްތަކުގެ ބަހުސްކުރުމުގެ ގިންތީން ދަންފަޅިތަކުން މޮޅު ބަހުސްކުރުންތެރިން
މި ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީން ދޭ ތަށްޓާއި، އިނާމާއި، ސެޓިފިކެޓާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ތަށްޓާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދެއްވާ ތަށްޓާއި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި، ވަނަވަނައަށް އައި ފަރާތްތަކަށް ދީފައި ވެއެވެ.