-Advertisement-

-Advertisement-

ވެމްކޯއިން އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސައިފި

މާލޭ މަގުމައްޗަށް ނެރެފައިވާ ކުނި ކޮތަޅުތަކެއް

ވެމްކޯއިން އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ރޯދައަށް ގޭގެ ސާފުކޮށް, މަގުމައްޗަށް ކުނި ނެރޭ މައްސަލަ ބޮޑުވެ, އެންމެފަހުން ވެމްކޯއިން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިލޭ ކުނި އުކައިދޭން ނިންމާފައިވާކަމަށާއި އާންމުންގެ ކަންބޮޑުވުންތައް ހުރުމުން އެކަމަށް ހައްލު ގެނައުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

އެގޮތުން މާޗު 10 ގެ 18:00 އިން މާޗު 13 ގެ 00:00 އާ ހަމައަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ ކަމަށާއި މި މުއްދަތުގައި މި ފަރާތްތަކުން ގެންނަ ވެހިކަލް ތަކުގެ އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ނުނަގާނެ ކަމަށް ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ މިގޮތަށް ހިލޭ އުކޭ ކުނީގެ ތެރޭގައި ކާބޯތަކެއްޗާއި ފަނާވާޒާތުގެ ކުނި ފަދަ ތެތް ކުނި އަދި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށެވެ.

ނަމަވެސް އާންމު އުސޫލުން ވިޔަފާރިތަކުން އުކާލާ ކުންޏަށް ފީ ނަގާނެ ކަމަށް ވެމްކޯއިން ބުނެ އެވެ. އެގޮތުން ކުނީގެ ބަރުދަނަށް ބަލައި, ކިލޯއަކަށް 75 ލާރީގެ މަގުން ފީ ނަގާނެއެވެ.

އަދި ސަރުކާރު މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ކިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި ވެހިކަލްތަކުގެ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ނަގާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-