އައިޖީއެމްއެޗުގެ މިސްކިތް ހަތަރު އަހަރަށް ފަހު އަލުން ހުޅުވައިފިއެވެ.
މީގެ ހަތަރު އަހަރު ކުރިން ވެސް އެ މިސްކިތް ހުރި ތަނުގައި ކުރިއަށް ވުރެ ޖާގަ ބޮޑުވާ ގޮތަށް ތަން ބަދަލުކޮށް، ރަސްމީކޮށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މީގެ ކުރިން 2019ވަނަ އަހަރު އެ ހޮސްޕިޓަލުގެ މިސްކިތް ވަގުތީ ގޮތުންވަނީ ބަންދުކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން މިސްކިތް ހުޅުވުން ގިނަ ދުވަސްވެ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދާ މީހުންގެ ކަންބޮޑުވުމަކަށް އެ ކަން އޮތީ ވެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، “މިހާރު” އަށް ވިދާޅުވީ އަލުން މިސްކިތް ހުޅުވިއިރު އެއްފަހަރާ 280 މީހުންނަށް އެ ތަނުގައި ނަމާދުކުރެވޭނެ ކަމަށެވެ.
“މިހާރު މިސްކިތުގެ އެއްބައިގައި ހުންނާނީ އޭސީ ހަރުކޮށްފައި. ބޭރަށް އޮންނަ ބައިގެ ޖާގަ ވެސް ވަރަށް ބޮޑުވާނެ. މި ރޯދަމަހު ތަރާވީހު ނަމާދުކުރަން ބޭނުންވާ މީހުންނަށް އެ ޖާގަ ވެސް ފަހިވާނެ. އަނެއްކޮޅުން ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ. އަންހެނުންނާއި ފިރިހެންނަށް ވުލޫއު ކުރެވޭނެ ގޮތަށް ވަކި އިސްކުރުބަރިއެއް ވެސް ހުންނާނެ،” ހަލީމް