-Advertisement-

-Advertisement-

ކްރިމިނަލް ކޯޓުގެ ސާވާ ރަނގަޅުކޮށް ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން އަލުން ފަށަނީ

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

ކްރިމިނަލް ކޯޓުގެ ސާވާ ރަނގަޅުކޮށް ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން އަލުން ފަށަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އިޢުލާނެއްގައިވަނީ، އެ ކޯޓުގެ ސާވާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާތީ، މާދަމާއިން ފެށިގެން އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކޯޓުގެ ޣާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މާލެއަށް މިދިޔަ ޖެނުއަރީ ފެށުން ދުވަސްކޮޅު ވެހުން ބޯ ވާރޭގައި ކޯޓުގެ ހުރިހާ ދިމާއެއްގެ ސީލީނުން ވަނީ ފެންވަދެފައެވެ. ފެނުގެ އަސަރުކޮށްގެން ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ. އެ ދުވަހު އިންޓަނެޓުގެ ހިދުމަތް ނުލިބި، އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ. އަދި އިދާރީ އެއްވެސް ހިދުމަތެއްވެސް ނުދެވުނެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި ތަނެކެވެ. އެ ކޯޓުގައި ޝަރީއަތް ހިންގާ ކޮޓަރީގައި ވެސް ރެނދުލައި، ބައެއް ތަންތަން ވެއްޓިފައި ވެސް އެބަހުއްޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-