-Advertisement-

-Advertisement-

ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް އެޗްޑީސީ އިން ގާއިމުކުރަނީ / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި މި މަސް މާރުކޭޓަކީ ރޯދައަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ.

އެޗްޑީސީ އިން ބުނީ މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9 10 ހުންނަ ސަރަހައްދުގަ ކަމަށެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުން ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި ލޯކަލް މާރުކޭޓާ ބެހޭގޮތުން އެޗްޑީސީން ބުނީ އެ މާރުކޭޓުގެ ގޮޅިތައް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހަށް މާރުކޭޓު ކުރިއަށް ދާނެ ކަމަށެވެ. އެ މާރުކޭޓުން ހިދުމަތް ދޭން ފަށަނީ މާދަމަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-