-Advertisement-

-Advertisement-

ރޯދަ މަހު ހަށިގަނޑަށް އަންނަ 4 ބަދަލެއް

އަހަރަކު އެއްފަހަރު އަންނަ މި މާތް މައްސަރަކީ އަހަރުމެންނަށް ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި އެކި ފައިދާހުރި ބަދަލުތަކެއް ގެނުވައިދޭ މައްސަރަކެވެ. މި މައްސަރުގައި އަހަރުމެންގެ ޢަމަލުތައް ޠާހިރުވެގެން ދިއުމާއި އެކު، ހަށިގަނޑަށް ވެސް ރަނގަޅު އެތައް ބަދަލުތަކެއް އާދެއެވެ. މި ލިޔުމުގައި މި ބަލައިލަނީ ރޯދަމަހުގެ ދުވަސްތަކުގައި، ރޯދައަށް ހުންނައިރު ހަށިގަނޑަށް އަންނަ 4 ބަދަލެކެވެ.

ސްޓޭޖް 1

ރޯދައިގެ ފުރަތަމަ ދުވަސްތަކުގައި ރޯދައަށް ހުރުމުން ހަށިގަނޑުގެ ލޭގެ ހަކުރާއި ޕްރެޝާރ ދަށްވެގެން ދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ނުރަނގަޅު މާއްދާތައް ސާފުކޮށްދޭން ފަށައެވެ. ރޯދަމަހުގެ ފުރަތަމަ ދުވަސްތަކަކީ ރޯދަވެރިޔާއަށް އެންމެ އުނދަގޫ ދުވަސްތަކަށް ވުމަށް ދިމާވާ ސަބަބަކީ، މި ދުވަސްތަކުގައި ބޮލުގައި ރިއްސުމާއި، ބޯއެބުރުމާއި، ހޮޑުލެވުމާއި ބަނޑުހައި ހޫނުކަން އިޙްސާސްކުރެވުން އިތުރުވާތީއެވެ.

ސްޓޭޖް 2

ރޯދައިގެ ފުރަތަމަކޮޅު ނިމި ދެވަނަ ބަޔަށް އެޅުމުން ރޯދަ ހިފުމަށް އަހަރުމެންގެ ހަށިގަނޑު ހޭނެންފަށައެވެ. އަދި ރޯދައަށް ހުރުމުން، އަހަރުމެންގެ ހަޖަމްކުރާ ނިޒާމަށް ދުވަހުގެ ދިގު މައްދަތަކަށް މަޑުޖެހިލަން ފުރުސަތު ލިބިގެން ދެއެވެ. މީގެ ސަބަބުން ކާތެކެތި ހަޖަމް ކުރުމުގެ ބަދަލުގައި ހަށިގަނޑުގައި ހުރި ނޭދެވޭ މާއްދާތައް ހަށިގަނޑުން ބޭރު ކޮށްދިނުމުގައި މި ނިޒާމް ހަރަކާތްތެރިވާން ފަށައެވެ. ހަމަ މިއާއި އެކު ހަށިގަނޑުގެ އެހެން ގުނަވަންތައް ވެސް ހަށިގަނޑު ދުޅަހެޔޮ ކޮށްދޭން މަސައްކަތް ކުރެއެވެ.

ސްޓޭޖް 3

މި ސްޓޭޖުގައި މިހާރު ހަށިގަނޑަށް ހަކަތަ ލިބި، މީހާގެ ސިކުނޑިއަށާއި ހަށިގަނޑަށް ލުއިކަން ލިބޭކަން އިޙްސާސްވާން ފަށާނެއެވެ. ރޯދަ ހިފަން ފެށުނު އިރު ދިމާވި ދަތިކަމާއި ބަނޑުހައިހޫނުކަން އިޙްސާސް ނުވެ ރޯދަ ހިފުން ފަސޭހަ ވެގެން ދާކަން ފާހަގަ ކުރެވޭނެއެވެ. މީގެ ސަބަބަކީ، މި ސްޓޭޖުގައި ހަށިގަނޑުގެ ގޮހޮރު، ކިޑްނީ، މޭ، ފުއްޕާމޭ، އަދި ހަންގަނޑުން ނުރަނގަޅު މާއްދާތައް ނައްތާލަމުންދާތީއެވެ.

ސްޓޭޖް 4

މިއީ ރޯދަމަހުގެ ފަހު ދިހައެކެވެ. މިހާތަނަށް އާދެވޭއިރު ހަށިގަނޑު ނަފްސާނީ ގޮތުންވެސް އަދި ޖިސްމާނީ ގޮތުންވެސް ވަރަށް ބޮޑަށް ދުޅަހެޔޮވާނެއެވެ. ހަށިގަނޑުގެ ގުނަވަންތަކުން ހުރިހާ ނުރަނގަޅު މާއްދާއެއް ބޭރުކޮށް ނިމި މީހާ އެންމެ ފުރިހަމަ ހަކަތައިގައި ބަހައްޓައިދޭން ފަށާ ސްޓޭޖަކީ މިއީއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ލޮޑުކަން ދުއްވާލަދީ، މީހާގެ ވިސްނުމާއި ސަމާލުކަން އިތުރުކޮށްދެއެވެ.

މިދެންނެވުނު ކަންކަމަކީ ރޯދަމަހުގައި ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. ހަޤީޤަތުގައި ރޯދަމަހުގެ އަޅުކަމުގެ ސަބަބުން ރޯދަވެރިޔާއަށް ލިއްބައިދޭ ރޫޙާނީ ފައިދާ މީގެ އެތަށް ގުނައަކަށް އިތުރުވެގެން ދާކަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-