-Advertisement-

-Advertisement-

ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ޑރ. މުއިއްޒު ފޮނުއްވައިފިއެވެ.

އިސްލާމީ ގައުމުތަކަށް ރައީސް ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ޤައުމުތަކުގެ ވެރިންނަށާއި، އެންމެހައި އަޚުންނާއި އުޚުތުންނަށް މި މައްސަރުގެ ހެޔޮ އެދުންތައް ފޮނުވައިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ރަމަޟާން މަހަކީ ޤައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިސްލާމީ ގިނަ ގައުމުތަކުން މިއަދު މުލަ ރޯދަ ދުވަސް ފާހަގަ ކުރަމުންދާއިރު، ރޭ ހަނދު ފެނުމާ އެކު އިސްލާމީ ގިނަ ގައުމަތަކަށް މިއަދަކީ މުލަ ރޯދަ ދުވަހެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ވެސް ހިމެނެއެވެ. ރާއްޖެއަށްވެސް ރޭ ވަނީ ހަނދު ފެނިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-