-Advertisement-

-Advertisement-

އިންޑޮނޭޝިއާއަށް ބާރުގަދަ ތޫފާނެއް: ބިންގަނޑު ކެނޑި 19 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް ވެހުން ބޯ ވާރޭގައި އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެއްލިފަ

އިންޑޮނޭޝިޔާގެ ހުޅަނގުގައި އޮންނަ ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑު, ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކެނޑުމާ ގުޅިގެން 19 މީހުން މަރުވެއްޖެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ 80،000 އަށް ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށް އިންޑޮނޭޝޝިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ޑޮނީ ޔުސްރިޒާލް ވިދާޅުވި ގޮތުގައި ކޯޓޯ ސީ ތަރޫސާން އަވަށާއި، އިތުރު ދެ އަވަށަކުން މިހާތަނަށް ހަތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ އިތުރުން ޕަސިސީރް ސްލާތާނުން މަރުވި ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު, އެ ޑިސްޓްރިކްޓާ އިންވެގެން އޮތް ޕަޑަންގް ޕަރިއަމާން ޑިސްޓްރިކްޓުން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ކާރިސާތަކާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިފަދަ ކާރިސާތަކަކީ އިންޑޮނޭޝިއާއަށް އާންމުކޮށް ދިމާވާ ހާދިސާތަކަށް ވާއިރު، ގިނަ އަދަދެއްގެ މީހުން މިފަދަ ހާދިސާތަކުގައި ދަނީ މަރު ވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-