-Advertisement-

-Advertisement-

ހެލިކޮޕްޓަރު އޮޕަރޭޓުކުރަން އައްޑޫގައި ތިބި އިންޑިއާ ސިފައިން ގޮސްފި

ފޮޓޯ؛ އަވަސް އެމްވީ

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން އައްޑޫގައި ތިބި އިންޑިއާ ސިފައިން މިއަދު ރާއްޖެއިން ގޮސްފިއެވެ.

އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އައްޑޫގައި އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ގާއިމްވެގެން ނުތިބޭނެ އެވެ.

އެއީ މީގެ ކުރިން ސަރުކާރުން މައުލޫމާތު ދިން ގޮތުގައި 25 ސިފައިން ތިއްބެވެ.

ލ. ކައްދުއާއި ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބިއިރު، އެ ތަންތަނުގައި ތިބި ސިފައިން މެއި 10ގެ ކުރިން ގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވެފައިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މި މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-