-Advertisement-

-Advertisement-

ޔާމީން ކެމްޕެއިނަށް ހުޅުމާލެއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން. ފޮޯޓޯ؛ ހަބަރު

ރައްޔިތުންގެ މަޖިލީހަށް، ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު ހުޅުމާލޭގެ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ބޭއްވި ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ޖަލުން ގޭބަންދަށް ބަދަލުކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި އޮތް ނަމަވެސް ޔާމީން ގެންދަވަނީ ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުގައި ގަވައިދުން ބައިވެވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ކަރެކްޝަންސް އިން ބުނެފައިވަނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވަނިކޮށް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ގެއަށް ބަދަލުކުރި ފަހުން، އެމަނިކުފާނު އިސްވެ ހުންނަވައި ހިންގެވި ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕާ މެދު އޮތް ހިތްހަމަނުޖެހުމާ އެކު މިފަހުން ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވައި، ޕާޓީގެ އެކި ކަންކަމުގައި ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-