-Advertisement-

-Advertisement-

ފަތުރުވެރިންގެ އަދަދު 466،000 އަށް

ރާއްޖޭގެ ރިސޯޓަކުން ފަތުރު ވެރިން ތަކަކަށް މަރުހަބާ ކިޔަނީ. ފޮޯޓޯ؛ މޯލްޑިވްސް އިންސައިޑަެރ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 466،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 466،273 ފަތުރުވެރިން އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 404،898 ފަތުރުވެރިންނަށްވުރެ 61،375 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު އެ ގައުމުން 56،181 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރަޝިއާއިން 44،222 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިޓަލީވިލާތުން 42،770 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 40،448 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޖަރުމަނުން 29،196 ފަތުރުވެރިން އައިސްފައިވާއިރު އިންޑިއާއިން 28،298 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-