އިންޑިއާއަށް ހިޖުރަ ކުރާ ފަރާތްތަކުގެ ތެރެއިން މުސްލިމަކަށް ވާނަމަ ރައްވެރިކަން ނިގުޅައިގަންނަ ގާނޫނު އިންޑިއާގައި ތަންފީޒު ކުރަން ފަށައިފިއެވެ.
މުސްލިމުންނޫން އަވައްޓެރި ގައުމުތަކުގެ އަންނަ ރެފިއުޖީނަށް އަންޑިއާގެ ރައްވެހިކަންދޭ ބިލް 2019 ވަނަ އަހަރު ގާނޫން ހަދާ މަޖިލީހުން ފާސްކޮއްފައިވީ ނަމަވެސް އެއަށް އަމަލު ކުރަން ފަށައިފައިނުވެއެވެ. އިންޑިއާގެ އިންތިހާބަށް ކުޑަ ދުވަސް ކޮޅެއް އޮތްއިރު މި ބިލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ ނަރެންދުރަ މޯދީއަށް ހިންދޫއިންގެ ތާއީދު ހޯދުމަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މި ބިލްގައިވާ ގޮތުން ޑިސެމްބަރު 31، 2014 ގެ ކުރިން މައިގަނޑު ގޮތެއްގައި މުސްލިމް އަފްޣާނިސްތާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާއަށް ފިލައިގެން އައިސްފައިވާ ހިންދޫންނާއި ޕާސީންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ކްރިސްޓިއަނުންނަށް ރައްޔިތުކަން ލިބޭނެ ކަމަށް އިއުލާންކޮށްފައިވެ އެވެ.
2019ގައި މިބިލް މަޖިލީހަށް ހުށައެޅުމާއި އެކު ވެސް އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއް ކޮއްފައިވެއެވެ. ޑިސެންބަރ 2019 ގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޮޑެތި މުޒާހަރާތަކެއް ކުރެވި އެ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރުމ އޭގެ ތެރެއިންވެސް ގިނައީ މުސްލިމުންނެވެ.
ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ސެކިއުލަރ ސިފައާ މެދިގައި ސުވާލު އުފައްދައި މި ބިލައް “އެންޓި-މުސްލިމް” ނަންދީފައިވެއެވެ.
ވެރިކަންކުރާ މައި ޕާޓީ ބީޖޭޕީއިން ބުނެފައިވަނީ މި ބިލް ތަންފީޒުކުރުމަކީ 2019 އަހަރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއްކަމަށާއި މި ބިލްގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް އިންޑިއާގެ ރައްވެހިކަން ލިބޭނެކަމަށެވެ.
އިންޑިއާގެ މުސްލިމް ޖަމިއްޔާތަކުން ބުނެފައިވަނީ ދުނިޔޭގެ 3 ވަނަ އަށް އެންމެ ބޮޑު މުސްލިމުގެ އާބާދީއެއް އޮންނަ އިންޑިއާގައި 200 މިލިއަން މުސްލިމުނަށް ނަސްލީތަފާތު ކުރުން ކުރަމުންދާ ކަމަށެވެ. މި ގޮތަށް އަމަލު ކުރާ ނަމަ މުސްތަގުމަލުގައި އިންޑިއާގެ މުސްލިމުންގެ ރައްވެހިކަންވެސް ފޭރިގެންފާނެ ކަމަށް ބުނެފައިވެއެވެ. މި ކަންތަކަކީ ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ކުރަމުންދާ ކަމެއް ކަމުގައިވެސް ތުހުމަތުކޮއްފައިވެއެވެ.
2014 ވަނަ އަހަރު ހިންދޫ ބީޖޭޕީ ވެރިކަމަށް އައުމާއި އެކުގައި މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައްވަނީ އަތުރުވެފައިއެވެ. އެގޮތުން މުސްލިމުންގެ މުދާ ފޭރިތަގުމާއި. ގެތައް ހަލާކުކޮށް އަންދާލުމާއި ފަދަ ކަންތައް އިތުރުވެފައިވެއެވެ. މިސްކިތްތަށް ހަލާކުކުރުމާއި. ފުރާނައަށް ނުރައްކާވާ ފަދަ އަމަލުތައް މުސްލިމުންނާއި ދެކޮޅަށްދަނީ ހިންގަމުންނެވެ.
ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު އެވްރެޖެކޮށް ކޮންމެ ދުވަހަކު 2 ފަހަރު މުސްލިމުންނާއި ދެކޮޅަށް “ހޭޓް ސްޕީޗް” ތަފާތި އިވެންޓުތަކުގައި ދައްކާފައިވެއެވެ.