-Advertisement-

-Advertisement-

ހަފްތާ 14ގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ކުރެވިއްޖެ: ރައީސް

ރައީސް ޑރ. މުއިއްޒު

ހަފްތާ 14ގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ކުރެވިއްޖެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހަފްތާ14 ގެ ވައުދުތަކާ ގުޅޭ ގޮތުން “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ރައީސާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ފުރަތަމަ 14 ހަފުތާއަށް ކަނޑައެޅީ 161 ވައުދެއް ކަމަށެވެ.

އޭގެ ތެރެއިން 155 ވައުދަށްވުރެ ގިނަ ވައުދު އެއްކޮށް ކަނޑައެޅި މިންވަރަށް ފުއްދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ބާކީ ހުރި ދެތިން ވައުދެއް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ރ. އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދޭން ބޭނުންވާކަމަށެވެ. އަދި ރެޔާ ދުވާލު އެމަނިކުފާނުގެ ފޯކަސް ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށްކަމުގައި ވިދާޅުވެ ހަފްތާ14 ގެ ވައުދުތައް ފުއްދިއްޖެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން މިހާރު ފަށާފައިހުރި މަޝްރޫއުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫއުތައް ނިންމެވޭވަށް ވުރެ މާ ކުޑަ ބަޖެޓެއް ކަމެށެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ވައުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަގީން ކަން ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-