-Advertisement-

-Advertisement-

ކޯރަމް ގުނުމާ ބެހޭ ގޮތުން ސުޕްރީމްކޯޓުގެ ނިންމުމަށް ނުބަލަން މަޖިލީހުން ފާސްކޮށްފި

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައެޅި ދުސްތޫރީ ހަމައަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މިގޮތަށް ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ މަޖިލީހުގެ މެމްބަރުކަމުގައި އެވަގުތަކު ތިއްބަވާ މެމްބަރުންގެ އަދަދު ކަމަށް ބަލާ ގޮތަށް މަޖިލީހުގެ ގަަވައިދުގައި މާއްދާތަކެއް ހިމެނި އެވެ. އެ މާއްދާތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ބާތިލުކޮށްދޭން އެދި ސަރުކާރުން އެ މައްސަސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ނަމަވެސް އެކަމުގައި ގޮތެއް ނުނިންމައި އޮއްވައި މަޖިލީހުގެ ގަވައިދުގެ އެހެން މާއދާއަކަށް އެބައިތައް ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް މިއަދު އާ ހުށަހެޅުމެއްގެ ގޮތުގައި ފާސްކުރީ މެމްބަރުންގެ އަދަދ ގުނާ ގޮތް ބަދަލުކޮށް، ހުސްގޮނޑިތައް ނުހިމަނައި ގުނާ ގޮތަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-