-Advertisement-

-Advertisement-

މަގު މައްޗަށް ކުނިއެޅުން: 100 މީހަކު 500ރ އިން ޖޫރިމަނާ ކޮށްފި

މާލޭ މަގުމައްޗަށް ނެރެފައިވާ ކުނި ކޮތަޅުތަކެއް

މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކުނި އެޅުން މަނާ ސަރަޙައްދުތަކަށް ކުނި އަޅައިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 100 މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި ކޮންމެ މީހަކު ޖޫރިމަނާކޮށްފައިވަނީ 500 ރުފިޔާއިންކަމަށެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 17 ޕިކަޕެއްގައި 350 ކިލޯގެ ކުނި ނަގާފައެވެ. އަދި 11 ޕިކަޕެއްގައި 1.5 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް މާލޭގެ މަގުތަކުން ކުނި ނަގާވަރަކަށް ކުނި އަޅަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މާލޭގެ މަގުތަކުގެ ކުނި ގިނަވެ ގޮނޑު ވެފައިވާއިރު، ވެމްކޯ އިން ވަނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ތިން ދުވަހުގެ މުއްދަތަކަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. އެގޮތުން މާޗު 10 ގެ 18:00 އިން މާޗު 13 ގެ 00:00 އާ ހަމައަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ ކަމަށާއި މި މުއްދަތުގައި މި ފަރާތްތަކުން ގެންނަ ވެހިކަލް ތަކުގެ އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ނުނަގާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-