-Advertisement-

-Advertisement-

ދަނޑުވެރިންނަށް އެހީއެއް: 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމަކާއެކު ތަމްރީނު ޕްރޮގްރާމުތަކެއް

މީހަކު ދަނޑެއްގައި މަސައްކަތް ކުރަނީ

ދަނޑުވެރިންނަށް އެހީވުމުގެ ގޮތުން އެ ފަރާތްތަކަށް ހާއްސަކޮށްގެން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް ސްކީމަކާއެކު ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމަށް އެގްރިކަލްޗާ މިނިސްޓްރީ އާއި އެސްޑީއެފްސީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް” (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.

“ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ގާއިމުކޮށްގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ގްރާންޓަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާނު ކުރެވިގެންދާނެ،” އެގްރިކަލްޗާ މިނިސްޓްރީ

މި ސްކީމް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން އަތޮޅެއްގެ 26 ރަށެއްގައި ކަމަށާއި މި ކަމުގެ ސަބަބުން ޒަމާނީ ޓެކްނޮލިޖީގެ ބޭނުން ހިފައިގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-