-Advertisement-

-Advertisement-

1998 ވަނަ އަހަރަށް ފަހު އަނެއްކާވެސް ކޮމަންވެލްތު ގޭމްސްގެ ހޮސްޓަކަށް މެލޭޝިއާ

ކޮމަން ވެލްތު ގޭމްސް

1998 ވަނަ އަހަރަށް ފަހު އަނެއްކާވެސް ކޮމަންވެލްތު ގޭމްސް 2026ގެ ހޮސްޓަކަށް މެލޭޝިއާ ވެއްޖެއެވެ.

އެގައުމުގެ އޮލިމްޕިކް ކައުންސިލުން ބުނެފައިވަނީ ސީޖީއެފްއިން މެލޭޝިއާއަށް ހޯސްޓް ކުރުމުގެ ފުރުސަތު ރަސްމީކޮށް ދީފައިވާ ކަމަށާއި، އަދި އިވެންޓް ޕްލޭންކޮށް، ލޯކަލް ޑެލިވަރީގެ ކަންކަން ހަމަޖައްސަން 100 މިލިއަން ޑޮލަރު ވެސް ދީފައިވާ ކަމަށެވެ.

ކޮމަންވެލްތު ގޭމްސް 2026ގެ ހޮސްޓަކަށް ފުރަތަމަ ކަނޑައެޅީ އޮސްޓްރޭލިއާއެވެ. ނަމަވެސް މި ގައުމުން ވަނީ ފައިސާގެ ދަތިކަމާ ހުރެ،  ކޮމަންވެލްތު ގޭމްސް ނުބޭއްވޭނެކަން ރަސްމީކޮށް ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން (ސީޖީއެފް) އަށް އަންގާފައެވެ.

މި ފުރުސަތު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުގައި 380 މިލިއަން ޑޮލަރު ސީޖީއެފްއަށް އެ ގައުމުން ވަނީ ދީފައެވެ. އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ސަރުކާރުން ބުނެފައިވަނީ އެގައުމުން ކޮމަންވެލްތު ގޭމްސް ބޭއްވުމުގެ ފުރުސަތު ދޫކޮށްލީ ހޯސްޓް ކުރުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެތީ ކަމަށެވެ. އެގައުމުން ބަޖެޓް ކުރީ ކޮމަންވެލްތު ގޭމްސްއަށް 2.6 ބިލިއަން ޑޮލަރު ކަމަށާއި، އެ އަދަދާ ހޯސްޓަށް ހިނގާ ހަރަދު ގާތް ނުކުރާ ކަމަށްވެސް އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-