-Advertisement-

-Advertisement-

އިންޑިއާ މާކެޓު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން: ތައުފީގު

އިންޑިއާގެ ދެ ފަތުރުވެރިއަކު ރާއްޖޭގައި

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން ދަށްވެގެން ދިއުމާ ގުޅިގެން އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

ތައުފީގު ވިދާޅުވީ މި މަހުގެ ފަހަކުން ހަތަކަށް އޮތް އައިޓީބީ ބާލިން ފެއާއާގައިވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ އިންޑިއާއިން ނަމަވެސް މިހާރު އެ ގައުމު އޮތީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައިގައެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވީ  ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް، އެ ގައުމަށް ތަކުރާރުކޮށް ފާޑުކިޔަމުން ދިއުމާ ގުޅިގެން އިންޑިއާގެ ފަންނާނުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ފެށި “ބޮއިކޮޓް މޯލްޑްވިސް” ކެމްޕޭނުގެ ސަބަބުންނެވެ. މި ކެމްޕޭނުގައި ބޮލީވުޑްގެ ތަރިން ވެސް ވަނީ ބައިވެރިވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް މި އަހަރު ތެރޭގައި 478،416 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.

ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:

  1. ޗައިނާ – 58،139 ފަތުރުވެރިން
  2. ރަޝިޔާ – 47،647 ފަތުރުވެރިން
  3. އިޓަލީ – 46،030 ފަތުރުވެރިން

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާކުރައްވާފައެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-