-Advertisement-

-Advertisement-

ޕީއެންފްގެ ހުށައެޅި 3370 ފޯމްގެ ތެރެއިން ބަލައިގެންފައިވަނީ 1976 ފޯމް: އީސީ

ފޮޓޯ: ނިއުސް ލެބް

ރައީސް ޔާމީން އިސްވެ ހުންނަވައި ހައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފެއްދުމަށް ހުށަހެޅި 3000 ފޯމުން ސައްޙަވީ 1976 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތްދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ޕީއެންއެފް ހުށައަޅާފައިވާ 3370 ފޯމް އީސީން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ.

ހުށައަޅާފައިވާ 3370 ފޯމްގެ ތެރެއިން 81 ފޯމްއެއް އީސީން ރިޖެކްޓުކޮށްފައިވާ ކަމަށާއި 1313 ފޯމެއްގެ އިދާރީ މައްސަލަތައް ހުރުމުން މައުލޫމާތް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތެއްދީފައިވާ ކަމަށެވެ.

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބް ކުރެއްވުމާއި ރައީސް ކަމުގެ ހުވާކުރެއްވުމާއި ދެމެދުގައި ދެ ރައީސުންގެ މެދުގައި ހިޔާލުތަފާތުވެ ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދޫކޮށް އަމިއްލަފުޅު އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައިޓަވައިފައިއެވެ. އެގޮތުން ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް)ގެ މަސައްކަތް މިދިޔަ ނޮވެމްބަރުގައި ފައްޓަވައި އީސީން ހުއްދައަށް އެދިފައިވެއެވެ. މެންބަރުން ހަމަ ކުރުމަށް ގިނަ ދަވަސްތަކެއް ހޭދަކުރުމަށްފަހުގައި މިދިޔަ މަހު 27 ގައި އީސީއަށް 3370 މެންބަރޝިޕް ފޯމް ވަނީ ހުށައަޅާފައިއެވެ.

ރައީސް ޔާމީން ދަނީ އަދިވެސް އެބޭފުޅާގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަދަބުގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. ގިނަ ލުއި ތަކެއް މިދިޔަ ސަރުކާރުގެ ފަހު ކޮޅުގައި ދީފައިވިނަމަވެސް ހުކުމުން ސަލާމަތް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-