-Advertisement-

-Advertisement-

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް!

މޯލްޑިވިއަންގެ ފްލައިޓެއް

ގައުމީ އެއާލައިން މޯލްޑިވިއަނުން ރަމަޟާން މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައި އިއުލާންކޮށްފިއެވެ.

މޯލްޑިވިއަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮމެސްޓިކް ދަތުރުތައް އަގުހެޔޮ ކުރެވިފައިވަނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުނެވެ. މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެއެވެ. އެއީ:

  • ސ. ގަމަށް – 1،222ރ.
  • ފުވައްމުލައް – 1،155ރ.
  • ގދ. ކާޑެއްދޫ – 1،333ރ.
  • ގއ. ކޫއްޑޫ – 1،111 ރ.
  • ލ. ކައްދޫ – 1،055ރ.
  • ނ. މާފަރު – 999ރ
  • ރ. އިފުރު – 999ރ.
  • ހދ. ހަނިމާދުއަށް – 1،111ރ.

މި އަގުތަކަކީ އެއްކޮޅު ޓިކެޓުގެ އަގެވެ.

މޯލްޑިވިއަންގެ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ސޮއިކޮށްފައިވެއެވެ.

މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ވިދާޅުވެފައިވެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެއެވެ.

މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުމެވެ. މޯލްޑިވިއަންގައި މިހާރު އޭޓީއާރް މަރުކާގެ ތިން ބޯޓެއް ބޭނުން ކުރެއެވެ. އަދި އިތުރު ދެ ބޯޓު އޭޕްރިލް މަސް ތެރޭގައި ރާއްޖެ އަންނާނެއެެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-