-Advertisement-

-Advertisement-

އީސީގެ ނައިބު ރައީސް ހަބީބުގެ ދައުރު ހަމަވުމާއެކު އެ މަގާމަަށް ނަޝާތު އައްޔަނުކޮށްފި

އީސީގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިގުރާރުގައި ނަޝާތު ސޮއިކުރައްވަނީ

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ދައުރު ހަމަވުމާއެކު އެ މަގާމަަށް އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަނުކޮށްފިއެވެ.

ހަބީބް އީސީއިން ވަކިވެވަޑައިގެންފައި ވަނީ އީސީގެ މެންބަރެއްގެ ގޮތުގައި 2 ދައުރު އަދާ ކުރުމަށްފަހުއެވެ. އީސީގެ މެންބަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ހަބީބް ވަނީ އިސީގައި 11 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން މިއަދު ދައުރު ހަމަވުމާ އެކު ހަބީބު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.

ހަބީބްގެ ދައުރު ހަމަވުމާއެކު، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 2024 އީސީއިން ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 820 ވަނަ އާންމު ޖަލްސާއިން އީސީގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު ކަނޑައަޅާފައެވެ. އެއީ މިހާރު ވެސް އީސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ ނަޝާތު އެވެ.

ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. ދެވަނަ ދައުރަަކަށް އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 16, 2023 ގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-