-Advertisement-

-Advertisement-

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލުގެ ބަހުސް ފަށައިފި

މަޖިލިސް

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އެންޓި-ޑިފެކްޝަން ބިލުގެ ބަހުސް ފަށައިފިއެވެ.

ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލްގައި ވާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

މީގެއިތުރުން މި ބިލުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރިކޯލް ވޯޓެއް ނެގޭ ގޮތަށް ވަނީ ހިމަނާފައެވެ.

އަދި ރިކޯލް ވޯޓުގައި ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށްވެސް ބިލްގައި ވަނީ ހިމަނާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-