ކިންގް ސަލްމާން މިސްކިތުގެ އޭސީތަކުގައި މިވަގުތު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެއްފަހަރާ ގިނަ ބަޔަކު އެ ތަނަށް ވަނުމުން މިސްކިތުގެ އެެތެރެހޫނުވާ މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ސަލްމާން މިސްކިތަށް ނަމާދަށް އަރަމުންދާއިރު އެ މިސްކިތުގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެ އެކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލި ބެލުމުގައި އޭސީ ތަކުގައި މައްސަލައެއް ނެތެވެ.
ރޯދަމަހުގެ ކުރިން ވެސް އެ މިސްކިތުގެ އެތެރެ ވަރަށް ބޮޑަށް ހޫނު ކަމަށްވެ އެވެ. އެ މިސްކިތަށް ހުކުރު ނަމާދަށްދާ މީހުން ވަނީ އެތެރެ ހޫނު ގަދަވެގެންއެކަމުގެ ޝަކުވާ ކޮށްފަ އެވެ.
އެއީ އެއްވެސް ވަރަކަށް ފަންކާ ހަރުކޮށްފައިވާ މިސްކިތެއް ނޫނެވެ. އެއްވެސް ދޮރެއް ނުހުޅުވެ އެވެ. އެހެންވެ، ބަންދުވެފައި އޮންނާތީ އެތެރެއަށް ވަރަށް ބޮޑަށްހޫނުވެ އެވެ.
މިސްކިތުގެ އޭސީތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނިއިރު މިސްކިތް ބޭނުން ކުރަން ފެށިތާ ހަ މަސް ނުވަނީސް މިސްކިތުގައިނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓް ހަލާކުވެގެން އެކަން ހައްލުކުރަންތުރުކީގެ ޓެކްނީޝަނުންގެ ޓީމެއް ވެސް ރާއްޖެ އަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތްކުރި ސަލްމާން މިސްކިތް ބޭނުންކުރަން ފެށީ 2022 ވަނަ އަހަރުގެ ރޯދަ މަހުގެއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި އިމާރާތްކޮށްދިން އެ މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅިމިސްކިތެކެވެ.