-Advertisement-

-Advertisement-

މާފަރުގައި އަސްކަރީ ޑްރޯން ޓެސްޓު ކުރަން ފަށައިފި

ތުރުކީން ގެނައި އަސްކަރީ ޑްރޯން ޓެސްޓު ކުރަނީ-- ވީޑިއޯ/ރިފްއަތު އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނައި އަސްކަރީ ޑްރޯން ޓެސްޓު ކުރަން ފަށައިފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މި ސަރުކާރުން ތުރުކީ އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ގަތް ޑްރޯންތައް ރާއްޖެ ގެނެސް ނ. މާފަރުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާއިރު، އެ ޑްރޯން ޓެސްޓު ކުރަން މާފަރު މަތިން ދުއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑްރޯން އޮޕަރޭޓް ކުރުމަށް އެމްއެންޑީއެފްގެ ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-