-Advertisement-

-Advertisement-

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ 15 އުޅަނދެއް ޓޯ ކޮށްފި

ފުލުހުން ސައިކަލުގައި ސްޓކާ ޖަހަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް 15 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކުގައި، ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެތެރެއިން، އަމީނީމަގުން 15 އުޅަނދެއް ރޭ ޓޯ ކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުނޅަދުތައް ނައްތާލުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން 158 އުޅަނދެއް ނައްތާލާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-