-Advertisement-

-Advertisement-

އީސީގެ ތަރުަޖަމާނަކަށް ހަސަން ޒަކަރިއްޔާ ހަމަޖައްސައިފި

އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ . ފޮޓޯ؛ އެޑިޝަން އެމްވީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ ހަމަޖައްސައިފި އެވެ.

ޒަކަރިއްޔާ އީސީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ، ކުރިން އެ މަގާމު ފުރުއްވި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރެއްވުމާއިގުޅިގެންނެވެ.

އީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން، މީޑިއާއަށް މަޢުލޫމާތު ދެއްވާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ކަމުގައި، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އިސްމާއިލް ހަބީބް ރިޓަޔަރކުރެއްވުމާއި އެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-