-Advertisement-

-Advertisement-

ވިލިމާލެ ބަގީގެ ހިދުމަތް ސިޓީ ކައުންސިލުން ދޭން ފަށަނީ

ވިލިމާލޭގައި ބަގީ ދުއްވަނީ . ފޮޓޯ؛ މާލޭ ސިޓީ ކައުންސިލް

ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވިލިމާލޭގައި ދޭން ފެށި ބަގީގެ ހިދުމަތް ކުރިއަށް ނުދާތީ، ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ފާސްކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ގެނެސް ޕިންކް ސްކައި ކުންފުންޏަށް މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން ސޮއިކުރި ނަމަވެސް އެ ހިދުމަތް ގަވައިދުން ނުދެވި، ހިދުމަތް ހުއްޓިފައި އޮންނަތާ ވެސް އެތައް މަހެއް ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، މިދިޔަ ޖެނުއަރީ މަހު ހުވާކުރެއްވިއިރު ގިނަ ބަގީތައް ހުރީ ހަލާކުވެ، ނުދުއްވޭ ވަރު ވެފައި ކަމަށާއި، ބަގީތަކުގެ ތެރެއިން ދެ ބަގީއެއް ކައުންސިލުން މަރާމާރުކޮށްގެން އޮޕަރޭޓް ކުރި ނަމަވެސް ހާލަތު ވަރަށް ދަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ހުށަހެޅުއްވީ މިހާރު ހުރި ބަގީތައް މަރާމާތުކޮށްގެންނާއި އާ ބަގީ ހޯދައިގެން ނަމަވެސް އެ ހިދުމަތް ކައުންސިލުން ދޭ ގޮތަށެވެ.

އާޒިމްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-