-Advertisement-

-Advertisement-

މާލޭގެ މަގުމައްޗަށް ކުނި އެޅި މީހުން ހޯދާ މަގު ސާފު ކުރުވަނީ

މާލޭގެ މަގުމަތީގައި ހުރި ކުނިތަކެއް – ފޮޓޯ: މިހާރު

މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އެ މީހުން ހޯދާ އެ މީހުން ލައްވާ މަގު ސާފު ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ، މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މި މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވުމަށް ފުލުހުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.

ފުލުހުން ވަނީ މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށާއި، މާލެސިޓީގެ މަގުތަކަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާޅެ ތެރެއިން ވަނީ އުކާލާފައެވެ. އަދި ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށް ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުތައް ވަނީ ގޮނޑު ކޮށްލާފައެވެ. ސިޓީ ކައުންސިލުން މަގުތައް ސާފުކޮށް ފުލުހުން އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުންދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން ކުނި މަދުވާ ގޮތެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-