-Advertisement-

-Advertisement-

ސީ ޓު އެއާ ކާގޯ ހިދުމަތް މާދަމާ ފަށަން އެމްޕީއެލް އިން ނިންމައިފި

އެމްޕީއެލްގެ ސީއީއޯ

ސީ ޓު އެއާ ކާގޯ ހިދުމަތް މާދަމާ ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލް އިން ބުނީ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތަކީ ވައިގެ މަގުންނާއި ކަނޑުމަގު ބޭނުންކޮށްގެން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފް ކުރެވޭ ފަސޭހަ އަދި އަވަސް ހިދުމަތަކަށް ވާނެ ކަމަށާއި މި ކަމުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެއިތުރުން އެމްޕީއެލްގެ ޓެރިފް ފޮތުގައި ވާގޮތުން 15 މާޗް 2024 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޓޯރޭޖް ޗާޖު ހޭންޑްލިން ޗާޖާއި، ވާފޭޖް ޗާޖާއި، ހުސް ކޮންޓެއިނާ ސްޓީވަރިން ޗާޖަށް ލުއި ލިބިގެންދާނެއެވެ.

އެމްޕީއެލް އިން ބުނީ ޓެރިފް ރޭޓާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނިން އާންމު ކުރި ޓެފިފް ފޮތުން ލިބެން ހުންނާނެ ކަމަށެވެ. އަދި މި ހިދުމަތަށް ނަގާ ފީތަކުގެ މައުލޫމާތު ސާފުކުރެއްވުމަށް ފައިނޭންސް ޑިޕާޓްމަންޓަށް 7226688 އަށް ގުޅުއްވައިގެން ލިބޭނެއެވެ. ނުވަތަ receivables@port.mv އަށް އީމެއިލް ކުރައްވައިގެން ލިބޭނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-