-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ސްރީލަންކާގެ މަސްބޯޓު އަތުލައިގަނެ ވެރިފަރާތް ވަނީ 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފަ

ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގާ 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ އުޅަނދާއި އުޅަނދުގައި ބޭނުންކުރި ހުރިހާ ވަސީލަތްތައް ދައުލަތަށް ނެގުމާ އެކު، އެ އުޅަނދުގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އަދި 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސް ބޯޓު އަތުލައިގަނެފައިވާއިރު، މަސްވެރިކަމާ ބެހޭ ގާނޫނު ބުނާގޮތުން އެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރާ އުޅަނދުތައް ދައުލަތަށް ނެގުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ.

މި ބޯޓު އަތުލައިގަނެ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަލަޅާފައިވަނީ ދައުލަތުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-