-Advertisement-

-Advertisement-

ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުކަމުން ކުކުޅު ބިސް ވިއްކާއިރު ސަމާލުވާން އެދިއްޖެ

ކުކުޅު ބިސް ކޭސްތަކެއް ބާލަނީ

ކުކުޅު ބިސް ވިއްކާއިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައިވަނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުން އަދި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑު ކަމުންނެވެ.

އެގޮތުން ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަށިވެފައި ހުންނަ ބިސް ނުގަތުމާއި ފްރިޖުގައި ބަހައްޓާފައި ހުންނަ ބިސް ގަންނަން އިސްކަންދިނުމަށް ވެސް އެ އެޖެންސީން ވަނީ އެދިފައެވެ.

މިއާއެކު، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުމަށާއި، ރެނދުލާފައި ހުންނަ ބިސް ނުގަތުމަށާއި، އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ފްރިޖުގައި ބިސް ރައްކާކުރުމަށް ވެސް ވަނީ އެދިފައެވެ.

އެންމެ މުހިންމު ކަމަށް ބިސް ދޮވެގެން ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސަބަބަކީ ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ފޯރުމަށް މަގުފަހިވާތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-